Archive for ‘ދިއްފުށި’

ނޮވެމްބަރ 10, 2010

.މިއަދުގެ ދަރިންނަށް ގޮވާލަމެވެ


ދިވެހި ދަރިވަރުން ކޮޅެއް

ކޮންމެ މުޖުތަމައެއްވެސް ބިނާވެފައި އޮންނާނީ ޒުވާން ހަރުދަނާ ތައުލީމު ލިބިފައިވާ ބައެއްގެ މައްޗަށެވެ. މި ތައުލީމު ލިބފައިވާ ޒުވާން ޖީލު ރަނގަޅު ގޮތުގައި ބިނާ ކުރެވިފައިވަނީވެސް އެތައް ބައެއްގެ ހިއްސާއާއި ބުރަމަސައްކަތުންނެވެ. އެންމެ ޅައިންރުން ފެށިގެން އެޖީލު ރަނގަޅުގޮތުގައި ބެލެހެއްޓޭތޯ ކޮންމެ މަޔަކާއި ބަފައެއްވެސް ބަލާނެއެވެ. އިހުޒަމާނުގައި އެދުރުގެއަށްގޮސް އަލިފުބާ ކިޔަވާ އަސާސީ ފެންވަރުގެ ސަނަދު ހާސިލްކުރިއަކަސް މިހާރު އެހެނެއް ވާކަށް ނެތެވެ. ތައުލީމީ ގޯއްޗެއްގެ ހިޔާވެހިކަމުގެ ދަށުން އެކުދިން ހެދިބޮޑުވުމަށް ކޮންމެ ވާރުތަވެރިއެއްވެސް ބޭނުންވެއެވެ.

ސަބަބެއްވެސް ނެތިއެއްނޫނެވެ. މިޒަމާނަކީ ތައުލީމާއި އުފެއްދުންތެރިކަމުގެ ޒަމާނެކެވެ. ތައުލީމެއްލިބިފައިނެތް މީހަކީ މުޖުތަމައުގައި ބޭކާރު މީހެއްގެ ގޮތުގައި ފާހަގަޖެހެންފަށައިފިއެވެ. ނަމަވެސް އެއީ އެކަމުގެ އެންމެ ރަނގަޅުގޮތެއްނޫނެވެ. ކޮންމެ އިންސާނަކުވެސް ދުނިޔޭގައި ދިރިހުންނަހާހިނދަކު އުނގެނުމުގެ ފުރުސަތުލިބިފައިވެއެވެ. މައިމީހާގެ އުނގުންފެށިންގެން ކަށްވަޅަށް ދާންދެން އިލްމު އުނގެނެވެއެވެ. އެހެންކަމުން މިއަދުގެ ކޮންމެ ޒުވާން ދަރިއަކަށްވެސް އަޅުގަނޑު މިގޮވާލަނީ ތައުލީމު އޭގެ އެންމެ ހެޔޮގޮތުގައި ބޭނުންކުރުމަށެވެ. ހަޔާތުގެ މި ކުޑަދުވަސްކޮޅު ބޭކާރު ގޮތުގައި ވޭތުކޮށްނުލާށެވެ.

ނޮވެމްބަރ 8, 2010

.ރަށުގެ ހާލަތު، ބަދަލުކުރަން ވިސްނަންވެއްޖެއެވެ

– ރަފް –

އަޅުގަނޑުމެން ބޭނުންވަނީ ހިތްހަމަޖެހުމާއި، އަރާމާއި އުފަލެވެ. އަޅުގަނޑުމެން އުޅޭތަނުން އަސާސީބޭނުންތައް އެންމެ އެކަށޭނެ ގޮތުގައި ލިބެން ހުރުމަށެވެ. ކޮންމެމީހަކުވެސް އެމީހެއް އުޅެމުންދާ ރަށުން ނުވަތަ ތަނަކުން ދުވަހުން ދުވަހަށް ލިބެންޖެހޭ އަސާސީ ހިދުމަތްތައް ހޯދަންބޭނުންވާނެއެވެ. އަމިއްލަ ވަޒަނުން ނުވަތަ ރަށުން ސިއްހީ ހިތުމަތާއި ތައުލީމާއި އެހެނިހެން ހިދުމަތްތައްވެސް ހޯދަންބޭނުން ވާނެއެވެ. އަޅުގަނޑުމިއުޅެމުން ދާ ކުޑަ ކުޑަ ރަށުން ލިބެންހުރީ ކޮން ހިދުމަތްތަކެއްތޯއެވެ؟ ކޮން ވަސީލަތް ތަކެއްތޯއެވެ؟ ރަނގަޅެވެ. ވަރަށްގިނަ ހިދުމަތްތައް ލިބެން އެބަހުއްޓެވެ. ނަމަވެސް އެއީ އެންމެ އެކަށޭނަ ގޮތެއްގައެއް ނޫނެވެ. އެންމެ ފުރިހަމަ ގޮތެއްގައެއްނޫނެވެ.

ދިއްފުށި ސުކޫލް

read more »

ނޮވެމްބަރ 7, 2010

ޒުވާނުންނޭ ވިސްނާތިބޭށެވެ. އެއީ އެމީހުންގެ ތަރިކަ މުދަލެއްނޫނެވެ

މިރަށުގައި ޗަންޕާ ކުންފުނީގެ ދީލަތި އެހީގެ ދަށުން ދެއްވާފައިވާ ފެންވަރު ރަނގަޅު ފެރީއެއް އެބައޮތެވެ. އަދި ހަފުތާއަކު 4 ދުވަހު މަލޭއާ ރަށާ ދެމެދު ދަތުރުކުރެއެވެ. ފެރީގެ ޓިކެޓުގެ އަގު އެކިފަހަރު މަތިން ބަދަލުވަމުން އައިސް މިހާރުގެ އަގަކީ ކޮޅަކަށް 60 ރުފިޔާއެވެ. ނަމަވެސް ފުރާގިމަތައިން 70 ރުފިޔާއަށެވެ. މިފަދަ ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް ލިބެމުން ދިއުމީ އަޅުގަނޑުމެން އެންމެންވެސް ވަރަށް އުފާކުރާކަމެކެވެ. އިންސާނީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ފައިދާއަށް ބެލުމަކީ ރަނގަޅުކަމެއް ނޫނެވެ. ދެކޮޅުޖެހޭވަރަށް ކުރުމުން އެއޮތީ ރަނގަޅަށެވެ.

ދިއްފުށި

ފެރީއެއް އޮތަކަސް، އިންޖީނެއް ހުއްޓަކަސް އޭގެ ހިދުމަތްތައް ދިނުމުގައި އެންމެން ހަމަހަމަ ވާންޖެހޭނެއެވެ. ވަކިމީހަކަށް އަގު ބޮޑުކޮށް ނުވަތަ ކުޑަކޮށް ހިދުމަތް ދިނުމަކީ ޒާތީވުމޭވެސް ބުނެވިދާނެއެވެ. އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ މިރަށުގައި މިހާރު ދުއްވަމުންދާ ފެރީގައި އެކިދުވަހު އެކި މީހުނަށް އެކި ގޮތައް ހިދުމަތްދޭ ވާހަކައެވެ. ތެދެކެވެ. ފެރީގެ ނާލުނެގުމުގައްޔާއި ޖާގަދިނުން(ޓިކެޓުވިއްކުން) އަދި މުދާއެރުވުމުގެ ވާހަކަ ތަކެވެ. ނާލުނެގުމުގައި ފެރީގެ ނެވި ކަންތައް ކުރަމުން ގެންދަނީކީ އަޅުގަނޑުމެން އެކަކުވެސް ހިތްހަމަޖެހޭނެ ގޮތަކަށް ނޫނެވެ. ސަބަބަކަށް ވެފައިއޮތީ ނެވި މީހެކޭ ދަތުރުވެރިޔެކޭ ހިދުމަތް ދިނުމުގައި ތަފާތުވެގެން ނުވުމެވެ. ދާދިމިދާކަށް ދުވަހު ފެރީއަށް ނެވިކަލޭގެ ކުރުނބާ އެރުވަރުވެސް ނޭނގެއެވެ. ނަމަވެސް އެނގޭހާވެސް އެއްޗަކީ އެރުވިކަމެވެ. ފެރީގެ ދުވަހު ރިޕޯޓް ނެރުނުއިރު އެއްކަލަ ކުރުނބާ އިހާތަކުގެ ތަފުސީލެއްފެންނާކަށް ނެތެވެ. އަނެއްކަމަކީ ޗުއްޓީގައި ހުނަންނަވާ ނެވި ކަލޭގެ ފެރީގެ ފައިސާއާއި ޓިކެޓުގެ ކަންކަމާބެހުމެވެ. ހަމަގައިމުވެސް އަތާލަންޏާ ދަތާވެސް ލާނެއެވެ.

read more »

ނޮވެމްބަރ 5, 2010

ތަރައްގީގެ ހުރަސްތައް ކުރުކޮށް

– ރަފް –

ދިއްފުށި ބަނދަރު

އަޅުގަނޑުމެން އެންމެންވެސް ގބޫލުކުރަންޖެހޭ ހަގީގަތެއްވެއެވެ. އެއީ އެއްވެސް މުޖުތައެއް އެތަނެއްގައި ދިރިއުޅޭބަޔަކު ކުރިއަރުވަން މަސައްކަތްކޮށްފިނަމަނޫނީ ކުރިނާރާނެކަމުގެ ހަގީގަތެވެ. ރަށެއްގެ ރައްޔިތެއް ކިތަންމެވަރަކަށްވެސް އެރަށެއް ކުރިއަރުވަން މަސައްކަތް ކުރިނަމަވެސް އެކަމަށް އެތަނެއްގައި ތިބޭ ވެރިން ނުވަތަ ބަސްވިކޭ މީހުން އެހީވެދީ ވާގިނުދީފިނަމަ އެކަންވާނީ ފޫނެއް ފަޔައް ފެންފުރުން ފަދަ ކަމަކަށެވެ.

read more »