.މިއަދުގެ ދަރިންނަށް ގޮވާލަމެވެ


ދިވެހި ދަރިވަރުން ކޮޅެއް

ކޮންމެ މުޖުތަމައެއްވެސް ބިނާވެފައި އޮންނާނީ ޒުވާން ހަރުދަނާ ތައުލީމު ލިބިފައިވާ ބައެއްގެ މައްޗަށެވެ. މި ތައުލީމު ލިބފައިވާ ޒުވާން ޖީލު ރަނގަޅު ގޮތުގައި ބިނާ ކުރެވިފައިވަނީވެސް އެތައް ބައެއްގެ ހިއްސާއާއި ބުރަމަސައްކަތުންނެވެ. އެންމެ ޅައިންރުން ފެށިގެން އެޖީލު ރަނގަޅުގޮތުގައި ބެލެހެއްޓޭތޯ ކޮންމެ މަޔަކާއި ބަފައެއްވެސް ބަލާނެއެވެ. އިހުޒަމާނުގައި އެދުރުގެއަށްގޮސް އަލިފުބާ ކިޔަވާ އަސާސީ ފެންވަރުގެ ސަނަދު ހާސިލްކުރިއަކަސް މިހާރު އެހެނެއް ވާކަށް ނެތެވެ. ތައުލީމީ ގޯއްޗެއްގެ ހިޔާވެހިކަމުގެ ދަށުން އެކުދިން ހެދިބޮޑުވުމަށް ކޮންމެ ވާރުތަވެރިއެއްވެސް ބޭނުންވެއެވެ.

ސަބަބެއްވެސް ނެތިއެއްނޫނެވެ. މިޒަމާނަކީ ތައުލީމާއި އުފެއްދުންތެރިކަމުގެ ޒަމާނެކެވެ. ތައުލީމެއްލިބިފައިނެތް މީހަކީ މުޖުތަމައުގައި ބޭކާރު މީހެއްގެ ގޮތުގައި ފާހަގަޖެހެންފަށައިފިއެވެ. ނަމަވެސް އެއީ އެކަމުގެ އެންމެ ރަނގަޅުގޮތެއްނޫނެވެ. ކޮންމެ އިންސާނަކުވެސް ދުނިޔޭގައި ދިރިހުންނަހާހިނދަކު އުނގެނުމުގެ ފުރުސަތުލިބިފައިވެއެވެ. މައިމީހާގެ އުނގުންފެށިންގެން ކަށްވަޅަށް ދާންދެން އިލްމު އުނގެނެވެއެވެ. އެހެންކަމުން މިއަދުގެ ކޮންމެ ޒުވާން ދަރިއަކަށްވެސް އަޅުގަނޑު މިގޮވާލަނީ ތައުލީމު އޭގެ އެންމެ ހެޔޮގޮތުގައި ބޭނުންކުރުމަށެވެ. ހަޔާތުގެ މި ކުޑަދުވަސްކޮޅު ބޭކާރު ގޮތުގައި ވޭތުކޮށްނުލާށެވެ.

One Comment to “.މިއަދުގެ ދަރިންނަށް ގޮވާލަމެވެ”

ޚިޔާލު ފާޅުކުރޭ