މިރަށުގައި ޗަންޕާ ކުންފުނީގެ ދީލަތި އެހީގެ ދަށުން ދެއްވާފައިވާ ފެންވަރު ރަނގަޅު ފެރީއެއް އެބައޮތެވެ. އަދި ހަފުތާއަކު 4 ދުވަހު މަލޭއާ ރަށާ ދެމެދު ދަތުރުކުރެއެވެ. ފެރީގެ ޓިކެޓުގެ އަގު އެކިފަހަރު މަތިން ބަދަލުވަމުން އައިސް މިހާރުގެ އަގަކީ ކޮޅަކަށް 60 ރުފިޔާއެވެ. ނަމަވެސް ފުރާގިމަތައިން 70 ރުފިޔާއަށެވެ. މިފަދަ ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް ލިބެމުން ދިއުމީ އަޅުގަނޑުމެން އެންމެންވެސް ވަރަށް އުފާކުރާކަމެކެވެ. އިންސާނީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ފައިދާއަށް ބެލުމަކީ ރަނގަޅުކަމެއް ނޫނެވެ. ދެކޮޅުޖެހޭވަރަށް ކުރުމުން އެއޮތީ ރަނގަޅަށެވެ.
ފެރީއެއް އޮތަކަސް، އިންޖީނެއް ހުއްޓަކަސް އޭގެ ހިދުމަތްތައް ދިނުމުގައި އެންމެން ހަމަހަމަ ވާންޖެހޭނެއެވެ. ވަކިމީހަކަށް އަގު ބޮޑުކޮށް ނުވަތަ ކުޑަކޮށް ހިދުމަތް ދިނުމަކީ ޒާތީވުމޭވެސް ބުނެވިދާނެއެވެ. އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ މިރަށުގައި މިހާރު ދުއްވަމުންދާ ފެރީގައި އެކިދުވަހު އެކި މީހުނަށް އެކި ގޮތައް ހިދުމަތްދޭ ވާހަކައެވެ. ތެދެކެވެ. ފެރީގެ ނާލުނެގުމުގައްޔާއި ޖާގަދިނުން(ޓިކެޓުވިއްކުން) އަދި މުދާއެރުވުމުގެ ވާހަކަ ތަކެވެ. ނާލުނެގުމުގައި ފެރީގެ ނެވި ކަންތައް ކުރަމުން ގެންދަނީކީ އަޅުގަނޑުމެން އެކަކުވެސް ހިތްހަމަޖެހޭނެ ގޮތަކަށް ނޫނެވެ. ސަބަބަކަށް ވެފައިއޮތީ ނެވި މީހެކޭ ދަތުރުވެރިޔެކޭ ހިދުމަތް ދިނުމުގައި ތަފާތުވެގެން ނުވުމެވެ. ދާދިމިދާކަށް ދުވަހު ފެރީއަށް ނެވިކަލޭގެ ކުރުނބާ އެރުވަރުވެސް ނޭނގެއެވެ. ނަމަވެސް އެނގޭހާވެސް އެއްޗަކީ އެރުވިކަމެވެ. ފެރީގެ ދުވަހު ރިޕޯޓް ނެރުނުއިރު އެއްކަލަ ކުރުނބާ އިހާތަކުގެ ތަފުސީލެއްފެންނާކަށް ނެތެވެ. އަނެއްކަމަކީ ޗުއްޓީގައި ހުނަންނަވާ ނެވި ކަލޭގެ ފެރީގެ ފައިސާއާއި ޓިކެޓުގެ ކަންކަމާބެހުމެވެ. ހަމަގައިމުވެސް އަތާލަންޏާ ދަތާވެސް ލާނެއެވެ.