ޒުވާނުންނޭ ވިސްނާތިބޭށެވެ. އެއީ އެމީހުންގެ ތަރިކަ މުދަލެއްނޫނެވެ

މިރަށުގައި ޗަންޕާ ކުންފުނީގެ ދީލަތި އެހީގެ ދަށުން ދެއްވާފައިވާ ފެންވަރު ރަނގަޅު ފެރީއެއް އެބައޮތެވެ. އަދި ހަފުތާއަކު 4 ދުވަހު މަލޭއާ ރަށާ ދެމެދު ދަތުރުކުރެއެވެ. ފެރީގެ ޓިކެޓުގެ އަގު އެކިފަހަރު މަތިން ބަދަލުވަމުން އައިސް މިހާރުގެ އަގަކީ ކޮޅަކަށް 60 ރުފިޔާއެވެ. ނަމަވެސް ފުރާގިމަތައިން 70 ރުފިޔާއަށެވެ. މިފަދަ ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް ލިބެމުން ދިއުމީ އަޅުގަނޑުމެން އެންމެންވެސް ވަރަށް އުފާކުރާކަމެކެވެ. އިންސާނީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ފައިދާއަށް ބެލުމަކީ ރަނގަޅުކަމެއް ނޫނެވެ. ދެކޮޅުޖެހޭވަރަށް ކުރުމުން އެއޮތީ ރަނގަޅަށެވެ.

ދިއްފުށި

ފެރީއެއް އޮތަކަސް، އިންޖީނެއް ހުއްޓަކަސް އޭގެ ހިދުމަތްތައް ދިނުމުގައި އެންމެން ހަމަހަމަ ވާންޖެހޭނެއެވެ. ވަކިމީހަކަށް އަގު ބޮޑުކޮށް ނުވަތަ ކުޑަކޮށް ހިދުމަތް ދިނުމަކީ ޒާތީވުމޭވެސް ބުނެވިދާނެއެވެ. އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ މިރަށުގައި މިހާރު ދުއްވަމުންދާ ފެރީގައި އެކިދުވަހު އެކި މީހުނަށް އެކި ގޮތައް ހިދުމަތްދޭ ވާހަކައެވެ. ތެދެކެވެ. ފެރީގެ ނާލުނެގުމުގައްޔާއި ޖާގަދިނުން(ޓިކެޓުވިއްކުން) އަދި މުދާއެރުވުމުގެ ވާހަކަ ތަކެވެ. ނާލުނެގުމުގައި ފެރީގެ ނެވި ކަންތައް ކުރަމުން ގެންދަނީކީ އަޅުގަނޑުމެން އެކަކުވެސް ހިތްހަމަޖެހޭނެ ގޮތަކަށް ނޫނެވެ. ސަބަބަކަށް ވެފައިއޮތީ ނެވި މީހެކޭ ދަތުރުވެރިޔެކޭ ހިދުމަތް ދިނުމުގައި ތަފާތުވެގެން ނުވުމެވެ. ދާދިމިދާކަށް ދުވަހު ފެރީއަށް ނެވިކަލޭގެ ކުރުނބާ އެރުވަރުވެސް ނޭނގެއެވެ. ނަމަވެސް އެނގޭހާވެސް އެއްޗަކީ އެރުވިކަމެވެ. ފެރީގެ ދުވަހު ރިޕޯޓް ނެރުނުއިރު އެއްކަލަ ކުރުނބާ އިހާތަކުގެ ތަފުސީލެއްފެންނާކަށް ނެތެވެ. އަނެއްކަމަކީ ޗުއްޓީގައި ހުނަންނަވާ ނެވި ކަލޭގެ ފެރީގެ ފައިސާއާއި ޓިކެޓުގެ ކަންކަމާބެހުމެވެ. ހަމަގައިމުވެސް އަތާލަންޏާ ދަތާވެސް ލާނެއެވެ.

ހިތާމަކުރަން ޖެހެއެވެ. ފެރީގެ ނާލުނެގުމުގައި ކޮއްކޮގެ ގުރާކޮށި ލަގެޖެއްގޮތުގައެވެ. ނަމަވެސް އަނެކާގެ ގުރާކޮށްޓަށް 5 ރުފިޔާއެވެ. މިކަންކަމާ ވިސްނާ ކިތައް ބޭފުޅުން އަޅުގަނޑުމެންގެ ތެރޭގައި އެބަތިބިތޯއެވެ. ހަމަގައިމުވެސް އެބަތިއްބެވެ. ފެރީގެ ނެއްވަކަށް މީހަކު ހަވާލުވާ ހަމައިން އޭނާއަށް ޒިންމާތަކެއް ހަވާލުވެއެވެ. ޒިންމާދާރުވާން ޖެހެއެވެ. ނަމަވެސް ފެރީ ހިތުހުރި ގޮތަކަށް ދުއްވާ ކިތަންމެ ބޮޑުގެއްލުމެއްވިޔަސް ހަމަޒިންމާ ކުރަނީ ރައްޔިތުންނެވެ. ރައްޔިތުންގެ ބަޖެޓެވެ. ވާނީވެސް އެހެންތާއެވެ. މިކަހަލަ މައްސަލައަކައިގެން ރަށުއޮފީހަށް ވަނަސް ހަމައެވަދެވެނީ ފެރީގެ ނެވިމީހާ ކޮޓަރިއަށެވެ. ވެރިންތިބެނީ އެކަލޭގެ ދަށުގައެވެ. ފެރީއަށް ނެވިންނާއި ފަޅުވެރިން ހޯދުމުގައިވެސް އެތައްބައިވަރު އޮޅުވާލުންތަކާއި މަކަރުތައް ހަދާފައި އެބަހުއްޓެވެ. މިކަންތައް ތަކުގެ ތަފުސީލް ފަހުގެ ޕޯސްޓެއްގައި ހިމަނާލާނަމެވެ.

އަޅުގަނޑުމެން ޒުވާނުން މިހިރަ ކަންތައްތަކާ ވިސްނަންވެއްޖެއެވެ. އިހުގައި ތިބިހެން ނާށިގަނޑު އަތައްލައިގެން ތިބެވޭކަށް ނެތެވެ. ބޮޑުކަތީބަށް ރުއްދަނޑެއް ކުޑަ ކަތީބަށް ރުއްދަނޑެއް ދިންޒަމާން ފަހަނައަޅާ ހިގައްޖެއެވެ. ކެރޭ ވިސްނުންތެރި ހިޔާލުތަނަވަސް ޒުވާނުންނަށްޓަކައި މިކުޑަކުޑަ ރަށުގެ ފަސްގަނޑު އާދޭސްކުރަނީއެވެ. ކޮރަޕްޝަނާ ދެކޮޅަށް ހަގުރާމަ ކުރުމަށް އެދި އާދޭސް ކުރަނީއެވެ. އަދިވެސް އެއްފަހަރު ވިސްނާލާށެވެ. ތިމާމެންގެ ސިކުނޑިއަށް ވިސްނާލުމަށް އެއްފަހަރު ނަމަވެސް ފުރުސަތެއް ދޭށެވެ. ތިމާމެންގެ އަމިއްލައެދުން ކުރިއަށް ނެރުމުގެ ބަދަލުގައި މިގައުމާ އަޅުގަނޑުމެންގެ ރަށާދޭތެރޭ ވިސްނާލާށެވެ.

3 ޚިޔާލުތައް to “ޒުވާނުންނޭ ވިސްނާތިބޭށެވެ. އެއީ އެމީހުންގެ ތަރިކަ މުދަލެއްނޫނެވެ”

  1. hello brother……..keehkuraanee!!! miadhuge haalathu…….. rashuga responsible bayaku neren veenu avahah!!!

  2. hello brother…. keehkuraaaneee!!! miadhuge haalathu…….. rashuga responsible bayaku nukunnan veenu avahah thihira kankamaa dhekolhah…….

  3. nice one…ferry ge kanthah huri gothakee theee…..
    thimaage meehunnnah ticket dhinumah iskan dhenee…..aharemen raiyyithun vex ticket gannanee rufiyaa dheefa….hithah araa emeehun ticket gannaneee rangadeh dheefa baaey…….bandhu vehjjeyaa ulhen jehenee ticket nulibigen ehvex harudhanaa usooleh noavey…..hurihaa thanehga vex corruption……wat to do…….!!!

ޚިޔާލު ފާޅުކުރޭ